ރ. އަތޮޅުގައި މަސްތުވާތަކެތި ވިއްކަމުން ދިޔަ މާކުރަތު ބަޔަކު ހައްޔަރުކޮށްފި

17 Nov 2026 | 11:07
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އެ އޮޕަރޭޝަން ހިންގީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ.

Advertisement

މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

އެމީހުން ހައްޔަރު ކުރީ ޑިންގީއެއްގައި މާކުރަތަށް ފޭބި ވަގުތުއެވެ. ފުލުހުން ބުނީ އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޠަލްޙަތު ނަސީމް 10 ދުވަހަށް އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

ޢަހަރެން 10 hours ago

މާދސމާ އަރާ އިރާއެކު އިވޭނެ ތޮލްހަތު ނަސީމް ފޫކޮށްލައިފިއޭ ބުނާ އަޑު. އޭނާ އަކީ ހޭބުއްފި ސަލާމަތުން ނެތް މޮޔައެއް ވީމަ. މޮޔައެއްކަން އަންގައިދޭ ޑޮކްޓަރު ލިޔުން އޮތީމަ. ރުފިޔާ ހުރިއްޔަ ތީގެ ކިތަންމެ ޑޮކްޓަރ ލިޔުމެއް ދެއްކިދާނެ. އަހަރެން ނުދެކެން މި ނޫނީ ހޭބުއްދި ފިލާގޮސް މޮޔަވެފަ ހުރި މީހަކު ސައިކަލް ދުއްވާ ބަގީ ދުއްވާ ލޯންޗު ދުއްވާ ޑިންކީ ދުއްވާ ޕިކަޕު ދުއްވާ.