މާރާމާރީ މައްސަލައިގަ ހޯދަމުންދާ ބިދޭސީ މީހާ -- ފޮޓޯ: ޕޮލިސް
މާރާމާރީއެއް ހިންގުމަށް ފަހު ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރޮކިބް ހޮސައިން (24އ) ޕާސްޕޯޓް ނަންބަރު A06257399 ކަމަށެވެ. އޭނާ ހޯދަން ފުލުހުން އިއުލާނު ކުރީ އިއްޔެ އެވެ.
އެ ބިދޭސީ މީހާއަކީ ހުޅުމާލެ ފޭސް އެކެއްގެ ފަޅުގައި އޮތް ސަޕްލައި ދޯންޏެއްގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގުމަށް ފަހުން ފިލާފައިވާ މީހެކެވެ. މި މާރާމާރީ ހިންގީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
ރޮކިބް ހޮސައިނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދޭ އެއްބާރުލުހުމަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް