ސައޫދީ ކޯލިޝަންގެ އިސް ކޮމާންޑަރު މަގާމުން ވަކިކޮށްފި

17 Nov 2026 | 08:00
ފަހްދް ބިން އަލް ސަލްމާން ކަނާތްފަރާތުގައި --

ފަހްދް ބިން އަލް ސަލްމާން ކަނާތްފަރާތުގައި --

ޔަމަނުގައި ހޫތީންނާ ދެކޮޅަށް ހަރަކާތްތެރިވާ ސައޫދީ އިސްވެ އޮންނަ ގުޅިފައިވާ އަސްކަރީ ލަޝްކަރުގެ ކޮމާންޑަރު މަގާމުން ދުރުކޮށް، ސައޫދީ ސިފައިންގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް އެ މަގާމާ ހަވާލުކޮށްފިއެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އިއްޔެ ނެރުއްވި ރަސްމީ އަމުރުފުޅުގެ ދަށުން ކޯލިޝަންގެ އައު ކޮމާންޑަރަކީ ޖެނެރަލް ފައްޔާޒް ބިން ހާމިދު އަލް ރުވައިލީއެވެ. ސައޫދީ ޕްރެސް އެޖެންސީއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ފައްޔާޒް މި ޒިންމާ ނަންގަވާނީ މިހާރުވެސް ހުންނެވި ޗީފް އޮފް ސްޓާފްގެ މަގާމުގައި ދެމިހުންނަވައިގެންނެވެ.

Advertisement

މަގާމުން ވަކިކުރި ލެފްޓިނެންޓް ޖެނެރަލް ފަހުދު ބިން ހަމަދު އަލް ސަލްމާނަށް މިހާރު ހަމަޖައްސާފައިވަނީ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާންގެ އަސްކަރީ މުޝީރުގެ މަގާމެވެ. ފަހުދު ކޯލިޝަންގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

އަސްކަރީ ލީޑަޝިޕް ބަދަލުކުރީ ރަތް ކަނޑުގެ ބާބުލް މަންދަބު ކަނޑުއޮޅި ސަރަޙައްދުން ސައޫދީ ވާގިވެރިވާ ޔަމަނު ސަރުކާރުގެ ސިފައިންނަށް ފަހަތަށް ޖެހެން މަޖުބޫރުވިތާ އެންމެ ދުވަހެއް ފަހުންނެވެ. ހޫތީ ހަނގުރާމަވެރިން ހަމަލާތައް ވަރުގަދަކޮށް ޔަމަނުގެ ވަގުތީ ވެރިރަށް ޢަދަނާ 60 ކިލޯމީޓަރު ކައިރިއަށް ޖެހުމާ ގުޅިގެން، ކޯލިޝަން ސިފައިން ވަނީ ޢަދަންގެ ދިފާޢު ވަރުގަދަކުރުމަށް އެ ސަރަޙައްދުތަކުން ފައިބައިފައެވެ.

މިދިޔަ ޖުލައި މަހު ހަނގުރާމަ އަލުން ހޫނުވި ފަހުން ހޫތީން ވަނީ ސެޕްޓެމްބަރު މަހު ބަނދަރު ރަށެއް ކަމަށްވާ މޮޚާ ހިފައިފައެވެ. އޭގެ އިތުރުން ސައޫދީ އެއާޕޯޓުތަކާއި ތެޔޮ ކާރުޚާނާތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތައްވެސް ހޫތީން ދަނީ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް