ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގައި ހުކުމް ކުރުން މި މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
މިގޮތަށް ތާވަލުކޮށްފައިވަނީ މި މައްސަލަ ބެލުމަށް އަލަށް އެކުލަވާލި ބެންޗުން، މި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށްފަހުގައެވެ. އެ ބެންޗު މިއަދު ނިންމީ ޝަރީއަތް ކުރިން އޮތް ހިސާބުން ކުރިއަށް ގެންދިއުމަށެވެ.
މީގެ ކުރިން އޮތީ މަ މަހު ފަހެއްގައި ހުކުމް އިއްވުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާއެކު ހުކުމް އިއްވުން ފަސް ކުރިއެވެ. ހައިލަމްގެ ސަސްޕެންޝަނާއެކު ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިންއާ ހަވާލުކޮށްފައިވާއިރު ރައީސް ޔާމީންގެ މައްސަލަ މިހާރު ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް