ސްރީލަންކާގެ ރިޔާސީ އިންތިޚާބު އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަޓަޔާ ރާޖަޕަކްސަ ކާމިޔާބުކޮށްފި އެވެ.
ލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮޓަބަޔާ މިއަދު ހެނދުނު އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރެއްވިތާ ދެގަޑިއެއްހާއިރު ފަހުން އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރަމަދޭސާ ވަނީ ނާކާމިޔާބު ގަބޫލު ކުރައްވާ އެކަން އިއުލާނު ކުރައްވާފަ އެވެ. އޭނާ ވަނީ ގޮޓަބަޔާ އަށް މަރުޚަބާ ވެސް ދަންންވާފަ އެވެ.
އިންތިޚާބުން ބަލިވުމުން ސަޖިތު ވަނީ ޔޫއެންޑީޕީގެ ޑެޕިއުޓީ ލީޑަރުކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.
ލަންކާގައި އިއްޔެ ބޭއްވި އިންތިޚާބުގައި ގާތްގަނޑަކަށް 16 މީލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އޭގެތެރެއިން ވޯޓުލާފައި ވަނީ 80 އިންސައްތަ މީހުން ކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. މިއަދު ހަވީރުގެ ވަގިތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ގޮޓަބަޔާ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެކި ގައުމުތަކުގެ ލީޑަރުން އެމަނިކުފާނަށް ވަނީ މަރުޚަބާ ދަންނަވާފައެވެ.
https://twitter.com/ibusolih/status/1195941356847296512
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް