ހާހަކަށްވުރެ ގިނަ ސްޓިކާ މިދިޔަ ހަފްތާ ޖަހައިފި

ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާ ހާހަކަށްވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހި...

17 Nov 2019 | 05:46

ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާ ހާހަކަށްވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ 1382 އުޅަނދަކުގައި ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިމަހުގެ ނުވަވަނަ ދުވަހުން މިމަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.

ޤަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.

މިދިޔަ ހަފްތާ 1382 އުޅަނދުގައި ސްޓިކާ ޖަހާފައިވާއިރު، އޭގެ ކުރީ ހަފްތާ ފުލުހުން ސްޓިކާ ޖަހާފައި ވަނީ 753 އުޅަނދުގައެވެ. އެހެންކަމުން ނިމިދިޔަ ހަފްތާ މިވަނީ އޭގެ ކުރީ ހަފްތާއަށްވުރެ 632 ސްޓިކާ ގިނައިން ޖަހާފައެވެ.

މިމުއްދަތުގެ ތެރޭގައި ފުލުހުން ވަނީ 52 އުޅަނދެއް ޓޯވ ކޮށްފައެވެ. ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެ އެކަމަށް އަމަލުވެސް ކުރަން ފަށައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް