ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަތް މަޤާމަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.
މަޤާމްތަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. އެގޮތުން، މިރޭ ޢައްޔަނު ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ މަޤާމުތަކަކީ
އަލްފާޟިލް ޙުސައިން ޢާމިރު ހ. މާދޫގެ
ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް
އަލްފާޟިލް އަޙްމަދު ޙަސަންދީދީ ގ. ނިއުވޭވްސް
ސެކްރެޓަރީ، ކެބިނެޓް އެފެއާޒް
އަލްފާޟިލް ޙުސައިން އާދަމް ގ. ކަކާގެއާގެ
ޑެޕިއުޓީ ޗީފް އޮފް ސްޓާފް
އަލްފާޟިލާ އާމިނަތު ޝައުނާ ސ. ހުޅުދޫ ޓްރައިސްޓާރ
ސެކްރެޓަރީ، ޕޮލިސީ
އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ގދ. ތިނަދޫ އަލިދޯދި
ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް
އަލްފާޟިލް ޙަސަން އިސްމާޢީލް މއ. ބޯގަންވިލާ
ސެކްރެޓަރީ، ކޮމިއުނިކޭޝަންސް
އަލްފާޟިލާ ޞަބްރާ އިބްރާހީމް ނޫރައްދީން މއ. މާންދޫގެ
ސެކްރެޓަރީ، ފޮރިން ރިލޭޝަންސް
މި ހުރިހާ ބޭފުޅުންވެސް މަޤާމުތަކަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް