ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "މުލީއާގެ" ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "ހިލާލީގެ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ...

17 Nov 2018 | 18:41

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "މުލީއާގެ" ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ "ހިލާލީގެ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ނައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ހަމަޖައްސަވާފައިވާއިރު ނިމިދިޔަ ދައުރުގެ ރައީސް، ރައީސް ޔާމީން އުޅުއްވީ ހިލާލީގޭގައެވެ. އަދި މުލިއާގެ ބޭނުންކުރަމުންދިޔައީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ކެމްޕޭނު އޮފީހެއްގެ ގޮތުގައެވެ. މުލިއާގެ ބޭނުންކުރަމުން ގެންގޮސްފައިވަނީ ސިޔާސީ ކަންކަމުގައެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާލިޙް ރައީސް ކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ގަލޮޅު ދަނޑުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް