މަޖިލީހުގެ މެމްބަރުކަމުން މަހްލޫފާއި މާރިޔާ އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އިސްތިއުފާ ދެއްވައިފިއެވެ. މައުލޫމާތު ލިބިފައި...

17 Nov 2018 | 14:12

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ދެ މެމްބަރުން އިސްތިއުފާ ދެއްވާފައިމިވަނީ އައު ސަރުކާރުގެ ކެބިނެޓުގެ މަގާމުތަކާއި ހަވާލުވުމަށެވެ.

މަހްލޫފްއާއި މާރިޔާ އިސްތިއުފާ ދެއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަދުވަސްތަކެއް ވަންދެން ކުރެއްވި އަބްދުﷲ ޝާހިދުވެސް މީގެ ކުރިން އިސްތިއުފާ ދެއްވާފައިވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން ބޭފުޅުންވެސް އިބޫގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް