ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރުގެ ދަރިކަލުން މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ ރާއްޖެ ވަޑައިގެންފިއެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނަމަލް ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.
ރާއްޖެ ވަޑައިގެން ނަމަލް ވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީންއާ އެކު މާލޭގެ ބައެއް ތަންތަން ބައްލަވާލައްވައިފަ އެވެ. އަދި ސިޓްރަން ރެސްޓޯރަންޓާއި އަމީން ހިންގަވާ އޮޑެގައްލާ ކެފޭއަށް ވަޑައިގެން ބައެއް މީހުންނާ އެކު ސެލްފީވެސް ނަންގަވާފައެވެ.
އިބޫ އާއި ފައިސަލް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޗަންދްރިކާ ބަންޑާރަނައިކެ ވެސް ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް