އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ހަވީރު މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރުން މިރޭ ކުރިއަށް ގެންދަން ނިންމަވައިފި އެވެ.
އިބޫގެ ސަރުކާރުގައި ޖުމްލަ 19 މިނިސްޓްރީއެއް އޮންނަ އިރު އިބޫގެ ސަރުކާރުގައި، އަލަށް އުފައްދަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.
މިނިސްޓްރީތަކަށް ވަޒީރުން އައްޔަންކުރައްވާނީ މިރޭ އިންޑިޔާގެ ބޮޑުވަޒީރާއެކު ރައީސް އޮފީހުގައި އިބޫ ބާއްވަވާ ބައްދަލުވުމަކަށް ފަހު އެވެ. ބެލެވޭގޮތުގައި އިބޫ އާއި މޮދީގެ ބައްދަލުވުން ބާއްވަން ނިންމަވާފައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ހަވީރު 6:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް