އިންޑިއާގެ ބޮޑުވަޒީރު މޯދީ، ރާއްޖެ ވަޑައިގެންފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ. މޯދީ ރާއްޖެ ވަޑައިގެންފައިވަނީ ދެންމެ އެވެ. މިއީ އ...

17 Nov 2018 | 11:06

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.

މޯދީ ރާއްޖެ ވަޑައިގެންފައިވަނީ ދެންމެ އެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި ބޮޑުވަޒީރު ރާއްޖެ ނޫން، ދެކުނު އޭސިއާގެ ހުރިހާ ގައުމަކަށް ޒިޔާރަތް ކުރައްވާފައިވެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އާއި އިންތިހާބީ ނައިބުރައީސް ފައިސަލް ނަސީމް، ރައީސް އަދި ނައިބު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހަވީރު 05:00ގައި ގަޅޮލު ދަނޑުގައި ފެށިގެންދާނެއެވެ.

މި ރަސްމިއްޔާތަށް ވަޑައިގެންފައިވާ ބޭރުގެ އިސް ބޭފުޅުންގެ ތެރޭގައި ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްޝަގެ ދަރިކަލުން ނަމާލް ރާޖަޕަކްޝަ އާއި ލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ އާއި ޗައިނާގެ ރައީސްގެ މަންދޫބެއްގެ ގޮތުގައި އެ ގައުމުގެ ކަލްޗާ އެންޑް ޓުއަރިސްޓް މިނިސްޓަރު ހިމެނެވެ. މީގެ އިތުރުންވެސް އެކި ގައުމުތަކުން އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް