އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް އަރުވާނެކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
ހާއްސަ ރަސްމިއްޔާތުތަކާއި ރާއްޖެއަށް ބޭރުގެ ގައުމުތަކުގެ އިއްޒަތްތެރީން ވަޑައިގަންނަ މުނާސަބަތު ތަކާއި ދިމާކޮށް ބަޑީގެ ސަލާމް އެރުވުމަކީ ސިފައިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބަޑިޖެހުން (ސެލިއުޓް ގަން) ކުރިއަށްދާނީ ސްވިމިން ޓްރެކް އޭރިއާގައި އޮންނަ ހެލިޕެޑްގައި ކަމަށެވެ.
ރައީސްކަމުގެ ހުވާ އިބޫ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ގަލޮޅޫ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް