ކުރީގެ މެމްބަރު ނާޒިމް ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިއަދު ހެނދުނު ނާޒިމް ރާއްޖެ ވަޑައިގެންފައިމިވަނީ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމެއް ކޮށްފ...

17 Nov 2018 | 06:18

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ނާޒިމް ރާއްޖެ ވަޑައިގެންފައިމިވަނީ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމެއް ކޮށްފައިވަނިކޮށް ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުގައި ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށްފަހުގައެވެ.

2015 ވަނަ އަހަރު ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި އޮތް މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައެއްގެ ތެރެއިން އެއް މައްސަލަ އޭނާގެ މައްޗަށް ސާބިތުވުމުންނެވެ.

ނާޒިމް ރާއްޖެ ވަޑައިގެންފައިވާއިރު ކުރިން ރައީސް ޔާމީން އާއި ގާތް ރަހްމަތްތެރިކަމެއް އޮންނަ ނާޒިމް، މިދިޔަ ރިޔާސީ އިންތިހާބުގައި ތާއީދުކޮށްފައިވަނީ އިބޫ އަށެވެ.

ރާއްޖެ ވަޑައިގެންފައިމިވަނީ ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ރިވިއުކޮށްދިނުމަށް އެދުމުން އެ މައްސަލައިގާ ވަކި ގޮތެއް ކަނޑައަޅަންދެން ދައުލަތުގެ އެއްވެސް އިދާރާއަކުން ނާޒިމްގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް