އިރާޤާއި ސޫރިޔާގެ ބޮޑު ބަޔެއްގައި ހަރަކާތްތެރި ވަމުން އަންނަ އައިއެސް ޖަމާއަތަށް ދުނިޔޭގެ 40 ގައުމަކުން ޚަރަދުކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ޖީ20 ގެ ބައެއް ގައުމުވެސް ހިމެނޭ ކަމުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސާޅީސް ގައުމަކުންނާއި ޖީ20 ގެ ބައެއް ގައުމުތަކުން އައިއެސް އަށް ފައިސާ ގޮސްފައިވާ ކަމަށް ރަޝިޔާގެ ޖާސޫސީ ހޯދުންތަކުން ދައްކާކަމުގައި ޕޫޓިން ވިދާޅުވި އެވެ.
އައިއެސް ޖަމާއަތަށް ޚަރަދުކޮށްފައިވަނީ 40 ގައުމުގައި އުޅޭ ވަކި ވަކި މީހުން ކަމަށް ރަޝިޔާގެ ޖާސޫސީ ޑާޓާ ބޭސް އިން ދައްކާކަމުގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން އިތުރަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރަޝިޔާއިން އޮތީ އައިއެސް ފަދަ ޖަމާއަތްތަކާއި ކުރިމަތިލާން ތައްޔާރަށް ކަމަށާއި މިވަގުތަކީ އައިއެސް އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ކޮން ގައުމެއްތޯ ގަދައީ ނުވަތަ ދެރައީ ބަލަންވީ ވަގުތު ނޫން ކަމުގައިވެސް ރައީސް ޕޫޓިން އިތުރަށް ވިދާޅުވި އެވެ.
އައިއެސް އާ ދެޅަކޮށް ރަޝިޔާއިން އަސްކަރީ ހަރަކާތްތަށް ފެށިފަހުން އެޖަމާއަތް ދަނީ ސޫރިޔާ ފަޅީގައި ބަލިކަށިވަމުން ނެވެ. އަދި ސޫރިޔާގެ ބޮޑު ބަޔަކުން އައިއެސް ގެ ނުފޫޒު ނައްތާލެވިފައިވާކަމަށް ރިޕޯޓްތަށް ދަނީ ބުނަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް