އެމްޕީންނަށް ޝިޔާމް ބިރުދެއްކި ކަމަށްބުނާ މައްސަލަ އެމްޑީޕީން ފުލުހުންނަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް އެހެން މެމްބަރުންނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށްއެދި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރ...

17 Nov 2015 | 11:56

ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް އެހެން މެމްބަރުންނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށްއެދި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ފުލުސް އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި ޑީސީޕީ އަހުމަދު އަރީފަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީން ބުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މިއަދު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށް ފޮނުވި ސިޓީގައި އެދިފައިވަނީ ދިވެހި ރާއްޖޭގެ ރައްޔިތުނގެ މަޖިލިސް ކުރާގޭގައި މަޖިލިހުގެ އިއްޒަތްތެރި މެމްބަރަކު އެހެނ މެމްބަރުންތަކަކަށް ބިރުދެއްކި ކަމަށްބުނާ މައްސަލައެއް ބަލައިދިނުމަށްއެދި ކަމަށެވެ.

"މި ހިނގާ ނޮވެމްބަރ 16، 2015 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 58 މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދ. އަތޮޅު މީދޫ ދާއިރާގެ މެމްބަރު އަދި އެމް.ޑީ.އޭ ގެ ލީޑަރު އަލްފާޟިލް އަޙްމަދު ސިޔާމް ބިރު ދެއްކެވިކަމަށް ވަނީ ވިދާޅުވެފައި" އެމްޑީޕީން ބުނެ އެވެ.

މި ކަމާއިމެދު އެމްޑީޕީން އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގައި ނެގޭ މުހިއްމު ވޯޓަކާ ގުޅިގެން އެ މަޖިލީހުގެ މެމްބަރުންނަށް އެއްވެސް ސިފައެއްގައި ބިރުދެއްކުމަކީ އެ މެމްބަރުންގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކުރައްވާފައިވާ ކަމަކަށްވާތީ މި މައްސަލަ ބަލައިދިނުމަށް އެމް.ޑީ.ޕީގެ ސިޓިގައި އެދިފައި ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް