ޝުމްބާ ގޮންގް ގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފި

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އި...

17 Nov 2015 | 11:54

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަހުމަދު އަޝްރަފްގެ ބަންދަށް ކުރިން ޖަހާފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާތީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް އިތުރު ކޮށްފައި ވާކަމަށެވެ.

ލަންކާގައި ހުއްޓާ އަހުމަދު އަޝްރަފް ހައްޔަރުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ދިވެހި ފުލުހުންނާއި ލަންކާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. ލަންކާއިން ގެނެސް ބަންދުގެ މުއްދަތަށް 15 ދުވަސް ޖެހުމަށްފަހު އަހުމަދު އަޝްރަފް ދޫނިދޫ ޖަލަށް ގެންގޮސްފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް