ގދ އަތޮޅު ދޯނި ކަނޑުމައްޗަށް ހުއްޓުމުން ފުލުހުންގެ އެހީގައި ދަތުރުވެރިން ތިނަދުއަށް ގެންގޮސްދީފި

37 މީހުންނާއެކު ގދ. ތިނަދޫއިން ގދ. ގައްދޫއަށް ދަތުރުކުރަމުންދިޔަ ގދ. އަތޮޅު ދޯނި ހުއްޓުމާގުޅިގެން ފަސިންޖަރުން ތިނަދޫއަށް ގެންދިއުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފުލުހުން ބުނީ މިއަދު މެ...

17 Nov 2015 | 11:18

37 މީހުންނާއެކު ގދ. ތިނަދޫއިން ގދ. ގައްދޫއަށް ދަތުރުކުރަމުންދިޔަ ގދ. އަތޮޅު ދޯނި ހުއްޓުމާގުޅިގެން ފަސިންޖަރުން ތިނަދޫއަށް ގެންދިއުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 13:00 ހާއިރު ފެރީ ހުއްޓިފައިވަނީ އައުޓްރިގަރ ކޮނޮޓާ މޯލްޑިވްސް ރިސޯޓްގެ 3 މޭލެއްހައި ބޭރުންނެވެ. ފެރީ ހުއްޓިފައިވަނީ ފެރީގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ފެރީގައި ދަތުރުކުރި ފަސިންޖަރުން ގދ. ތިނަދޫއަށް ގެންދިއުމުގައި އައުޓްރިގަރ ކޮނޮޓާ މޯލްޑިވްސްގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް