ސަލާމުގައި ހުންނަ ދުވަސްތަކުގައި ސާވިސް އެލަވަންސް އުނިކުރެވޭނެ ކަމަށް ބުނާ މާއްދާ ހައިކޯޓުން ބާތިލުކޮށްފި

ސިވިލް ސާވިސްގެ މުވައްޒަފުން ސަލާމުގައި ހުންނަ ދުވަސްތަކުގައި މުވައްޒަފުންގެ ސާވިސް އެލަވަންސުން ނުކެނޑޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. ހައިކޯޓުން އެ މާއްދާ ބާތިލުކޮށްފައިވަނީ އައްޑޫ ސިޓީ ކައ...

17 Nov 2015 | 09:33

ސިވިލް ސާވިސްގެ މުވައްޒަފުން ސަލާމުގައި ހުންނަ ދުވަސްތަކުގައި މުވައްޒަފުންގެ ސާވިސް އެލަވަންސުން ނުކެނޑޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެ މާއްދާ ބާތިލުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފެއްކަމުގައިވާ ސ. ހިތަދޫ މެރިންގޯލްޑް ހުސައިން ހަބީބު ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު މިއަދު އެވެ. ހައި ކޯޓުން އެ މާއްދާ ބާތިލުކޮށްފައިވާއިރު ދައުލަތުގެ ބަންޑާރަ ނައިބު ވެސް ވަނީ ހުސައިން ހަބީބު ހުށަހެޅުއްވި މައްސަލައަށް ޝަރީއަތުގެ މަޖިލީހުގައި ތާއީދުކޮށްފައެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ރ) ގައި، ކޮންމެ މީހަކަށްމެ އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް