ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން އައްބާސް އާދިލް ރިޒާ ވަކިކޮށް އެ މަގާމަށް ޖުނައިދު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ މަގާމުން ވަކިކޮށް އެ މަގާމަށް މުހައްމަދު ޖުނައިދު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ ގާނޫނު ނަންބަރު 2011...

17 Nov 2015 | 09:16

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ މަގާމުން ވަކިކޮށް އެ މަގާމަށް މުހައްމަދު ޖުނައިދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ގާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑޫސިޓީ މީދޫ ކެނެރީވިލާ މުޙަންމަދު ޖުނައިދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައި ވާކަމަށާއި މުޙަންމަދު ޖުނައިދަށް ‏ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް މުޙަންމަދު ޖުނައިދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ‏‏ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މުޙަންމަދު ޖުނައިދު ‏ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް