ކަރެކްޝަންސްގެ އީއެސްޖީގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

އިމަރޖެންސީ ސަޕޯރޓް ގްރޫޕްގެ 8 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ. ކަރެކްޝަންސް އިން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 06:00 ގައި މާފުށީ ޖަލުގައި...

17 Nov 2015 | 03:16

އިމަރޖެންސީ ސަޕޯރޓް ގްރޫޕްގެ 8 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

ކަރެކްޝަންސް އިން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 06:00 ގައި މާފުށީ ޖަލުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ ކޮމާންޑިންގް އޮފިސަރ، ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން އަލީ އާއި މާލެ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އާއި އޮފެންޑަރ ސަރވިސަސް ޑައިރެކްޓްރޭޓް، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދ އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން ގެ އިތުރުން ހެޑް އޮފީހާއި ޖަލުތަކުގެ އިސްވެރިންނާއި އީ.އެސް.ޖީ ގެ އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެ އެވެ.

ކަރެކްޝަންސް އިން މައުލޫމާތު ދޭ ގޮތުގައި މި ރަސްމިއްޔާތުގައި ޕްރިޒަންސް އޮފިސަރުންގެ އަޒުމް ކިޔުން އޮތެވެ. އިސްވެ އަޒުމް ކިޔުއްވީ ސީނިއަރ ޕްރިޒަންސް އޮފިސަރ މުޙައްމަދު މައުރޫފް އެވެ. މިއަދުގެ ރަސްމިއްޔާތު ނިމިގެން ދިޔައީ އަހަރީ ދުވަހުގެ ކޭކު ފެޅުމުންނެވެ. އިމަޖެންސީ ސަޕޯރޓް ގްރޫޕް އުފެދުނީ 2007 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް