ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ފޮނަދޫގައި ހާއްސަ ހަރަކާތްތަކެއް

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ލ.އަތޮޅު ފޮނަދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އެ ހަރަކާތްތައް ރާވާ އިންތިޒާމް ކުރުމުގައި އިސ...

17 Nov 2015 | 03:03

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ލ.އަތޮޅު ފޮނަދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެ ހަރަކާތްތައް ރާވާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ އަބްދުﷲ އަލީ ވިދާޅުވީ ފޮނަދޫގައި މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހާއްސަ ސައިކަލު ބުރަކާއި އާއިލީ ހަވިރެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށެވެ.

އަބްދުﷲ އަލީ ވިދާޅުވީ މި ހަރަކާތްތަކަކީ ފޮނަދޫ ޔޫތު ސެންޓަރާއި އެ ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެ ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:45 ގައި ލާމު އަތޮޅު ތައިލީމީ މަރުކަޒު ކައިރިން ކަމަށާއި މި ސައިކަލު ބުރު ކުރިއަށްދާއިރު ޒުވާނުންނަށް ތަފާތު މައުލޫމާތުތައް ދިނުމާއި ޓްރފިކް ގަވާއިދު ތަކަށް ޒުވާނުން ހޭލުންތެރިކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފޮނަދޫގައި މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާއިލީ ހަވީރަކީ ހުރިހާ އުމުރަކަށް ގުޅޭގޮތަށް ކުރިއަށްގެންދާ އާއިލީ ހަވީރެއް ކަމަށާއި މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ލާމު އަތޮޅު ތައުލީމީ މަރުކަޒުގައި ހަވީރު 4:30 ގައި ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް