އެވިޑް ކޮލެޖްގެ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި 150 ދަރިވަރުންނަށް ހިލޭ

އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި 150 ދަރިވަރަކަށް ހިލޭ ކޯސް ލިބޭ ފުރުސަތާއެކު ޖެނުއަރީ މަހުގައި އެ ކޮލެޖުން ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. އެ ކޮލެޖުން ބުނީ އެވިޑުން ދޭ ހާއްސަ ޑިސްކައ...

17 Nov 2015 | 02:52

އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި 150 ދަރިވަރަކަށް ހިލޭ ކޯސް ލިބޭ ފުރުސަތާއެކު ޖެނުއަރީ މަހުގައި އެ ކޮލެޖުން ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން ބުނީ އެވިޑުން ދޭ ހާއްސަ ޑިސްކައުންޓަކުގެ ތެރޭގައި އެ ކޮލެޖްގެ ކޯސްތަކުން ސެޓްފިކެޓް 3 ހެދުމަށް ފޯމު ހުށަހަޅާ ދަރިވަރުންގެ ތެރެއިން ފުރަތަމަ 150 ދަރިވަރުންނަށް ކޯސް ހިލޭ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސެޓްފިކެޓް 4 އިން ފެށިގެން މާސްޓާޒް އާއި ހަމައަށް ކިޔަވާ ކުދިންނަށް ކޯސްފީގެ 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވީ އެވިޑް ކޮލެޖުން އެފަދަ ފުރުސަތުތަކެއް ހުޅުވާލީ އެ ކޮލެޖަކީ ގައުމަށް އެ ކޮލެޖްގެ ފަރާތުން ކަންތައްތަކެއްކޮށް ދޭ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށެވެ.

"ސެޓެފިކެޓް ލެވެލް 3 އަށް ކިޔަވާ ކުދިންގެ ތެރެއިން 150 ކުދިންނަށް ކޯސް ހިލޭ ދިނީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ކުދިންނަށް އަދި މުޖުތަމައަށް ވަރަށް ބޮޑަތި ފައިދާތަކެއް ވާނެ. އަޅުގަނޑު ގަބޫލުކުރަނީ ސެޓްފިކެޓް 3 ކިޔެވުނީމަ ދެން އޮތް ލެވެލްއަށް ކިޔަވަން އާ ހިތްވަރަކަށް ވެގެންދާނެ،" މުސްތާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެޓްފިކެޓް 4 އިން ފެށިގެން މާސްޓާޒް އާއި ހަމައަށް ކިޔަވާ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ދިނުމުގައި ވަކި ކަންތައްތަކަކަށް ބަލާނެ ކަމަށާއި އެގޮތުން އެކުދިންނަށް އިންޓަވިއުކޮށް ވަކި ކަންތައްތަކެއް ބަލާނެކަމަށްވެސް މުޝްތާގް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް