ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ފެށިގެން ކުރިއަށް އެބަ ދެއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި އެ ވުޒާރާއިން ތަންފީޒުކުރަމުންދާ ތިން ރަށެއްގައި ރައްކާތެރި ބޯފެން ފޯރުކޮށ...

17 Nov 2015 | 02:24

ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ފެށިގެން ކުރިއަށް އެބަ ދެއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި އެ ވުޒާރާއިން ތަންފީޒުކުރަމުންދާ ތިން ރަށެއްގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމުތައް ބަލަހައްޓާ ހިންގާނެ ފަރާތްތަކަށް ތަމްރީނު ދިނުމަށް މާލޭ ވޯޓަރ ސްވަރޭޖް ކޮމްޕެނީއާއި ގުޅިގެން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ނޮވެމްބަރ އަށަކުންފެށިގެން ހިނގަމުން އަންނަ ކަމަށެވެ އަދި މިއީ ދެހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި 10 އޮޕަރޭޓަރުން ބައިވެރިވެއެވެ. އެއީ ހއ. އިހަވަންދޫ، ގދ. ގައްދޫގެ އަދި އދ.މަހިބަދޫ ގެ އޮޕްރޭޓަރުންނާއި ނ. މަނަދޫ، ޅ. ނައިފަރު، މ. މުލައް އަދި މ. ދިއްގަރުގެ އޮޕަރޭޓަރުން ބައިވެރިވެފައި ވާކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެ އެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި ތިންރަށެއްގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުއަކީ ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ އެޑެޕްޓޭޝަން ފަންޑުން ގާތްގަނޑަކަށް 8.2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް