ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން އިތުރު 8 ކުޅުންތެރިޔަކު ކަޓައިފި

މިހާރު ކުރިއަށްދާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން އިތުރު 8 ކުޅުންތެރިޔަކު ކަޓައިފި އެވެ. އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު މެޗުތަކުން ބަލިވެ، މުބާރާތުން ކެޓީ ހަސަން ސާޒް މުހައްމަދު، ސޮއްފާން ޝ...

17 Nov 2015 | 01:39

މިހާރު ކުރިއަށްދާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން އިތުރު 8 ކުޅުންތެރިޔަކު ކަޓައިފި އެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު މެޗުތަކުން ބަލިވެ، މުބާރާތުން ކެޓީ ހަސަން ސާޒް މުހައްމަދު، ސޮއްފާން ޝާކިރު، އިބްރާހިމް ޒިޔާއު، އަހްމަދު ޝިހާދު، އައްބާސް ސައީދު، އަހްމަދު އަފްރާހް އިސްމާއި، އަހްމަދު ޝުޖާއު އަދި މުހައްމަދު އަކްސަމް އެވެ.

ރޭގެ މެޗުގައި އަލީ ފަޔާޒް އަތުން 4-7 ފްރޭމްއިން ސާޒް ބަލިވިއިރު، އިބްރާހިމް ހަނީފް އަތުން ސޮއްފާން ބަލިވީ 6-7 ފްރޭމްއިންނެވެ. އަހްމަދު ޝަރީފް ހުސައިން އަތުން 2-7 ފްރޭންއިން ޒިޔާއު ބަލިވިއިރު، އަހްމަދު ޒިޔަން އތުން ޝިހާދު ބަލިވީ 7-0 ފްރޭމްއިންނެވެ.

ރޭގެ ދެވަނަ ސެޝަންގައި އަހްމަދު ރަމްޒީ އަތުން އައްބާސް 4-7 ފްރޭމްއިން ބަލިވިއިރު، މޫސާ ސާމިއު އަތުން އަފްރާހު ބަލިވީ 6-7 ފްރޭމްއިންނެވެ. އަސްލަމް އަބްދުﷲ އަތުން 6-7 ފްރޭމްއިން ޝުޖާއު ބަލިވިއިރު، ހަސަން ޝަފްރާޒް އަތުން އަކްސަމް ބަލިވީ 3-7 ފްރޭމްއިންނެވެ.

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން މިހާތަނަށް ޖުމްލަ 16 ކުޅުންތެރިން ވަނީ ކަޓައިފަ އެވެ. މިމުބާރާތުގައި ދެން ކުރިއަށްދާނީ ރައުންޑް އޮފް 16 އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން އަދި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މުބާރާތުން ކަޓާނީ ދެ މެޗުން ބަލިވެގެންނެވެ.

މިމުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރެ އެވެ. އެމްޕީބީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށް އޮޓޮމެޓިކް ޖާގައެއް ދީފައިވާއިރު، އަނެއް 16 ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރުންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މިމަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ހޯދާ ކުޅުންތެރިޔާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ރަނަރަޕް ކުޅުންތެރިޔާއަށް 3000 ރުފިިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ކުޅުންތެރިޔާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވެސް ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް އިނާމުތަކެއް ހުށަހަޅާގޮތަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް