ށ. މާއުނގޫދޫގައި ކުށްމަދު ކުރުމަށް ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.
ފުލުހުން ބުނީ ށ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުސްތަފާ މާއުނގޫދޫ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައި މަޝްވަރާކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި ބައްދަލު ވުމެއްގައި ކަމަށެވެ.
މި ބައްދަލުވުމުގައި މަޢިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ މާއުނދޫގައި ކުށްތައް އިތުރުވަމުންދާތީ ކުށްމަދުކުރުމަށް ފުލުހުންނާއި ކައުންސިލް އިދާރާ އާއި ރަށުގެ ވިޔަފާރިވެރިންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ވަނީވިޔަފާރި ކުރާ ތަންތަނުން ކުޑަކުދިންނަށް ތަކެއްތި ވިއްކުމުގައި މިހާރަށްވުރެ ސަމާލުވުމާއި ގުޅޭގޮތުންނާއި ރަށްއަރައި ފައިބާ މީހުން ދެނެގަނެ އާއްމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭ މަޢުލޫމާތު ކައުންސިލާ ހިއްސާކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިބައްދަލުވުމުގައި ށ.އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުސްތަފާއާއި ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިސް ފުލުހުންނާއި މާއުނގޫދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެފައިވެފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް