ވާރޭ ވެހި ފެން ބޮޑުވެފައިވާއިރު ދިވެހި އާއިލާއެއް ޗެންނާއީގައި ތާށިވެ ހާލުގައި ޖެހިފައި

އިންޑިއާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ބޯކޮށް ވާރޭވެހި ޗެންނާއީގައި ފެންބޮޑުވެފައިވާއިރު ދިވެހި އާއިލާއެއް ޗެންނާއީގައި ތާށިވެފައި ވާކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. ދުވަހަށް މައުލޫމާތު ލިބި...

16 Nov 2015 | 19:06

އިންޑިއާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ބޯކޮށް ވާރޭވެހި ޗެންނާއީގައި ފެންބޮޑުވެފައިވާއިރު ދިވެހި އާއިލާއެއް ޗެންނާއީގައި ތާށިވެފައި ވާކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައި ވާގޮތުގައި މި އާއިލާއަކީ ދާދިފަހުން މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ގޮސްފައިވާ އާއިލާއެކެވެ.

މި އާއިލާ ހާލުގައި ޖެހި ތާށިވެފައި ވާއިރު މިމީހުންގެ ހާލު އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ބަލަމުން އަންނަ ކަމަށާއި އަދި މިއާއިލާ ވީ އެންމެ އަވަހަކަށް ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމަށް ދިވެހި އެމްބަސީން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާކަމުގައި ދުވަހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޗެންނާއީގައި ތާށިވެފައިވާ ދިވެހި އާއިލާގައި ހަ މެމްބަރަކު ހިމެނޭއިރު އޭގެތެރޭގައި 52 އަހަރުގެ އަންހެނަކާއި 60 އަހަރުގެ ފިރިހެނެއްގެ އިތުރުން އުމުރުން އެންމެ ހަތަރު އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

ބޯކޮން ވާރޭވެހި އިންޑިއާގެ ޗެންނާއީގެ ތިރި ހިސާބުތަކުގައި ފެން ބޮޑުވެފައިވާއިރު ބައެއް ހިސާބުތަކުގައި 20 ފޫޓަށް ފެންބޮޑުވެފައި ވާއިރު އެ ސަރަހައްދުތަކުން މީހުން ހުސް ކުރުމުގެ މަސައްކަތް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި ޗެންނާއީގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 70 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް