އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރިއެއް ކަމަށްވާ ކިމް ކޮޑާޝަން އޭނާގެ ދަރިފުޅަށް އޮސްޓްރޭލިއާއިން ރަށެއް ގަތުމުގެ މަސައްކަތް ފަށައިފި އެވެ.
އޭނާގެ އަންހެން ދަރިފުޅު ނޯތް ވެސްޓަށް ރަށެއް ގަނެދިނުމަށް ފަހު ކޮޑާޝަން ބޭނުންވަނީ އެ ރަށުގައި ތީމް ޕާކެއް ހަދާށެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ގަންނަ ރަށެއް އަދި ކަނޑަނާޅާއިރު މަސައްކަތް ކުރަމުންދަނީ އޮސްޓްރޭލިއާގެ ކުއީންސް ލޭންޑުގެ ޓާޓަލް އައިލެންޑް ކިޔާ ރަށެއް ގަތުމަށެވެ.
އުމުރުން 34 އަހަރުގެ މި ތަރި އެ ރަށް ގަތުމަށް ފަހު އެރަށަށް "ކުޑަ ކޮޑާޝަން" ކިއުމަށް ނިންމާފައިވާއިރު އެ ރަށުގެ އަގު އުޅެނީ ފަސް މިލިއަން ޑޮލަރުގައި އެވެ.
އޭނާ ގަންނަން އުޅޭ މިރަށުގައި ހަތަރު ކޮޓަރީގެ ގަނޑުވަރެއް ކަހަލަ ގެއަކާއި ސުއިމިންގ ޕޫލެއްގެ އިތުރުން ހެލިކޮޕްޓަރު ޖައްސާ ތަނަކާއި ތަފާތު ދިރާސާތައް ކުރެވޭގޮތަށް ގަސް އިންދާފައިވާ ބޮޑު ޕާކެއް އޮވެ އެވެ.
ކިމް ކޮޑާޝަންގެ ދަރިފުޅު ނޯތް ވެސްޓުގެ އުމުރަކީ އަދި އެންމެ 16 މަހެވެ. ރިޕޯޓުތައް ބުނާގޮތުން ކޮޑާޝަން އަކީ އޭނާގެ އުފަލާއި ހިތްހަމަ ޖެހުމާއި މަޖާ ކުރުމަށް ދަރިފުޅުގެ ދިރިއުޅުން ހަލާކު ކުރަމުންދާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް