ޒުވާނުންގެ ގައުމީ އިނާމު: 2013 ވަނަ އަހަރު އިނާމް ހާސިލް ކުރި ފަރާތްތަކަށް އެވޯޑް ދެއްވައިފި

2013 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު ހާސިލް ކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅުން އެވޯޑު ދެއްވައިފިއެވެ. މި އެވޯޑު ޖުމްލަ 11 ފަރާތަކުން ހާސިލް ކޮށްފަ...

17 Nov 2014 | 16:40

2013 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު ހާސިލް ކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅުން އެވޯޑު ދެއްވައިފިއެވެ.

މި އެވޯޑު ޖުމްލަ 11 ފަރާތަކުން ހާސިލް ކޮށްފައިވާއިރު މި އެވޯޑް މިރޭ ދީފައިވަނީ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

2013 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު ހާސިލް ކުރި ފަރާތްތަކަށް ބަލާލާއިރު އަދަބީ ރޮނގުން އިނާމު ހާސިލް ކުރީ ބ. ތުޅާދޫ، މަންޒިލް، އަންވަރު އިބްރާހިމް އެވެ. ޒުވާނުން ބިނާ ކުރުމާއި ހޭލުންތެރި ކުރުވުމުގެ ރޮނގުން އިނާމު ހާސިލް ކުރީ މ.ޗާލޮޓް އައިމިނަތު އިސްމާއިލް އެވެ.

ނޫސްވެރިކަމުގެ ރޮނގުން ގއ ގައްދޫ އަތިރީގޭ އަބްދުﷲ އަޒްމީން އިނާމް ހާސިލް ކުރިއިރު އިވެންޓް މެނޭޖްމެންޓް ދާއިރާއިން އިނާމް ހާސިލް ކުރީ ވ.މާލެ އުފާ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އެވެ.

ފެހުމާއި ފަރުމާކުރުން އަދި ކޮރެއޮގްރަފީގެ ރޮނގުން ޒުވާނުންގެ އިނާމް ހާސިލްކުރީ ގދ ތިނަދޫ، ހިންދޫސް ޖާދުﷲ އިސްމާއިލް އެވެ. ބާސްކެޓް ކޯޗިން އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ އިނާމު މާލެހިޔާ، މުހައްމަދު ހާސިމް ހާސިލް ކޮށްފައިވާއިރު ދެ ޖަމިއްޔާއަކުންވެސް ޒުވާނުންގެ އިނާމު ވަނީ ހާސިލް ކޮށްފައެވެ.

އެގޮތުން ރަށުގެ ތަރައްގީއަށާއި އަދު ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން އިނާމު ހާސިލްކުރީ ރ.އުނގޫފާރު ޖަމިއްޔަތުއް ސަލަފްއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން އިނާމް ހާސިލް ކޮށްފައިވަނީ ޖާނީ ޖަމިއްޔާއިންނެވެ.

ދަރުބާރުގޭގައި މިރޭ ކުރިއަށްދާ ޖަލްސާގައި މި ހިނގާ 2014 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް