ކޯޓަށް ހާޒިރު ކުރަން ތިން މީހަކު ހޯދަން ފަށައިފި

ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ކޯޓަށޤ ހާޒިރު ނުކުރެވިފައިވާ ތިން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުން ހޯދަމުންދަނީ މާލެ، ދަފްތަރު ނަންބަރު 5364 އަބްދުﷲ ސައީދު އަލީ، 44 އ...

17 Nov 2014 | 12:04

ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ކޯޓަށޤ ހާޒިރު ނުކުރެވިފައިވާ ތިން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަމުންދަނީ މާލެ، ދަފްތަރު ނަންބަރު 5364 އަބްދުﷲ ސައީދު އަލީ، 44 އާއި އައްޑޫ ސިޓީ މަރަދޫ، މާޖެހިގެ އިބްރާހީމް ސާމިއު، 45ގެ އިތުރުން ކ.ގުރައިދޫ، ވަގުތީއުފާ އަޙްމަދު އަސްލަމް، 34 އެވެ.

މީގެ ތެރެއިން އަބްދުﷲ ސައީދު އަލީ ހޯދަމުންދަނީ މަރަކާއި ހީލަތް ހެދުމުގެ ދެ މައްސަލައަކާއި ގުޅިގެންނެވެ. އިބްރާހިމް ސާމިއު ހޯދަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައިގަ ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ. އަދި އަހުމަދު އަސްލަމް ހޯދަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ކޯޓަށް ޙާޟިރު ކުރުމަށް ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާތީ އެވެ.

ފުލުހުން ބުނީ އެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅައި އެންގުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް