ނަޕޯލިއަންގެ ތޮތްޕެއް ނީލަމުގައި 2.2 މިލިޔަން ޑޮލަރަށް ވިއްކާލައިފި...

1800 ގެ ކުރީކޮޅުގެ އަހަރު ތަކުގައި ފަރަންސޭސިވިލާތުގައި ވެރިކަން ކޮށްފައިވާ ނަޕޯލިއަން ބޭނުންކުރިކަމަށް ބުނެވޭ ތޮތްޕެއް އެގައުމުގެ ނީލަމެއްގައި 2.2 މިލިޔަން ޑޮލަރަށް ވިއްކާލައިފިއެވެ. މި ތޮފި ގަނެފައި...

17 Nov 2014 | 10:41

1800 ގެ ކުރީކޮޅުގެ އަހަރު ތަކުގައި ފަރަންސޭސިވިލާތުގައި ވެރިކަން ކޮށްފައިވާ ނަޕޯލިއަން ބޭނުންކުރިކަމަށް ބުނެވޭ ތޮތްޕެއް އެގައުމުގެ ނީލަމެއްގައި 2.2 މިލިޔަން ޑޮލަރަށް ވިއްކާލައިފިއެވެ.

މި ތޮފި ގަނެފައިވަނީ އޭތި ވިއްކާލެވޭނެ ކަމުގައި ކަނޑައަޅާފައިވާ އަގުގެ ފަސްގުނަ އަށް ވުރެ ބޮޑު އަގެއްގައި އުތުރު ކޮރެޔާގެ ރައްޔިތެކެވެ.

ނަޕޯލިޔަން ބޭނުންކޮށްފައިވާ މި ތޮތްޕަކީ އާދައިގެ ތޮފިތަކާއި ޚިލާފަށް ދެކޮޅަށް އެޅޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ތޮތްޕެކެވެ. މިބާވަތުގެ 120 ތޮފި ނަޕޯލިޔަން ބޭނުންކުރި ކަމަށް ބުނެވެއެވެ. ނަމަވެސް މިވަގުތު ދުނިޔޭގައި ފެންނަން އޮތީ 20 ތޮތްޕެވެ. މީގެތެރެއިން ގިނަ ތޮފިތަށް ހުރީ އެކި ގައުމު ތަކުގެ ދާރުލްއާސާރުގައެވެ.

މިބާވަތުގެ ތޮތްޕަކީ ދެކޮޅަށް ބޭނުން ކުރެވޭ ގޮތަށް ހުންނަ ތޮފި ނަމަވެސް، ނަޕޯލިޔަން މީގެ ތޮފި އަޅާފައިވަނީ އެއް އަރިއަކަށް ނުވަތަ ހުރަހަށެވެ. އެއީ ހަނގުރާމައިގެ މައިދާނުގައި އެހެންމީހުންނަށް ނަޕޯލިޔަން ފަސޭހައިން ފާހަގަ ކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް