ރައީސް މައުމޫނާއި ޕާޓީގެ އިސްބޭފުޅުން ބައްދަލު ކުރުމުން ހާއްސަ އުފަލެއް ލިބިގެން ދިޔަ: ރައީސް ޔާމީން

ސަރުކާރަށް 365 ދުވަސް ފުރިފައިވާއިރު އެންމެ ފުރަތަމަ ލިބުނު ހާއްސަ އުފަލަކީ ރައީސް މައުމޫނާއި ޕާޓީގެ އިސް ބޭފުޅުންކޮޅެއް ބައްދަލުކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިހެން ވިދ...

17 Nov 2014 | 08:30

ސަރުކާރަށް 365 ދުވަސް ފުރިފައިވާއިރު އެންމެ ފުރަތަމަ ލިބުނު ހާއްސަ އުފަލަކީ ރައީސް މައުމޫނާއި ޕާޓީގެ އިސް ބޭފުޅުންކޮޅެއް ބައްދަލުކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ޒުވާނުންތަކެއް އިންތިޒާމްކޮށްގެން ރޭ މާލޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ސަރުކާރަށް 365 ފުރިގެން ދިޔައިރު މިއަދު އެންމެ ފުރަތަމަ ލިބުނު ހާއްސަ އުފަލަކީ ޕާޓީގެ ރައީސް ޕާޓީގެ އިސް ބޭފުޅުން ކޮޅެއް ގޮވައިގެން ރައީސް އޮފީހަށް ވަޑައިގެންނެވި ބޭނުންފުޅަކަށް ވަނީ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އަޅުގަނޑުމެންގެ ޕާޓީގެ ސަރުކާރަށް ޕީޕީއެމްގެ ސަރުކާރަށް ފުރިހަމަތާއީދާ މަދަދުވެރިކަން އޮތްކަން ސާބިތު ކޮށްދެއްވުމާއެކީ ހާމަކޮށްދެއްވުމާއެކީ އަޅުގަނޑު މިކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރައްވާ، ވަރަށް ގިނަ ހިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް މި ސަރުކާރުގެ 365 ގެ ތެރޭގަ ކޮށްދެއްވުނުކަން އަޅުގަނޑަށް ހަނދާން ކޮށްދެއްވި" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަމަށްޓަކައި ރައީސް މައުމޫނަށާއި ޕީޕީއެމްގެ އިސްވެރިންނަށް ވަރަށް އުފަލާއެކު ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް