ނައިޖީރިއާގެ ފޯނު ވިއްކާ މާކެޓެއްގައި އަންހެނަކު ޖާނުން ފިދާވެ އިއްޔެ ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ނައިޖީރިއާގެ ބައުޗީ ސްޓޭޓްގެ އަޒާރީ ސްޓޭޓްގައި ހުންނަ ފޯނު ވިއްކާ މާކެޓެއްގައެވެ. އަންހެނަކު މާކެޓަށް ވަދެ ޖާނުން ފިދާވުމުގެ ހަމަލާދިނީ މާކެޓް ބަންދު ކުރަން އުޅެނިކޮށް ކަމަށާއި ހަމަލާ ދިނީ މާކެޓްގެ މެދެއްހާ ހިސާބަށް ގޮސް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މަންޒަރު ދުއް ބައެއް މީހުން އޭއެފްޕީއަށް ކިޔާދެމުން ބުނެފައިވަނީ އެ އަންހެން މީހާ މާކެޓަށް ވަނީ އިތުރު ދެ ފިރިހެނުނުނާ އެކުގައި ކަމަށާއި އެ ހަމަލާގައި 8 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށެވެ. އަދި އެ އަންހެން މީހާއާއެކު މާކެޓަށް ވަދެ އުޅުނު ދެ ފިރިހެނުންގެ ތެރެއިން އެކަކު އާންމުންގެ މީހުންވެގެން މަރާލާފައިވާކަމަށާއި އަނެކަކު ފުލުހުން ހައްޔަރު ކުރީ ކަމަށް މަންޒަރު ދުއް މީހުން ބުނެފައި ވެއެވެ.
ނައިޖީރިއާގައި ޖާނުން ފިދާވެ ދެމުން އަންނަ ހަމަލާތައް މި ފަހަކަށް އައިސް އިތުރުވެފައިވާއިރު މިދިއަ ހަފްތާގެ ތެރޭގައި އޭޓީއެމް މެޝިނެއްގެ ކައިރީގައި މީހަކު ޖާނުން ފިދާވެ ދިން ހަމަލާއެއްގައި ފަސް މަރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް