ލޯންޗެއް ވަގަށްނެގި ދެ މީހަކު ހައްޔަރު – ކުށް ކުރެވުނީތީ ހިތާމަކުރާކަމަށް ދެމީހުންވެސް ބުނޭ

ކ. ތިލަފުށީ ފަޅުތެރެއިން ލޯންޗެއް ވަގަށްނެގި ދެ ޒުވާނަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. އެ ދެ މީހުންނަކީ ށ. ފޯކައިދޫ، ޗަބޭލީގޭ، އުމުރުން 30 އަހަރުގެ ޙަސަން ރަޝީދު އަޙްމަދާއި ށ. ފޯކައިދޫ ...

17 Oct 2025 | 15:20
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ޕޯސްޓެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ޕޯސްޓެއް -

ކ. ތިލަފުށީ ފަޅުތެރެއިން ލޯންޗެއް ވަގަށްނެގި ދެ ޒުވާނަކު ހައްޔަރުކޮށް

ބަންދަށް މުއްދަތު ޖަހައިފިއެވެ.

އެ ދެ މީހުންނަކީ ށ. ފޯކައިދޫ، ޗަބޭލީގޭ، އުމުރުން 30 އަހަރުގެ ޙަސަން ރަޝީދު

އަޙްމަދާއި ށ. ފޯކައިދޫ ސިއުމާމަންޒިލް، އުމުރުން 27 އަހަރުގެ އިބްރާހިމް

މަމްދޫޙެވެ.

މި ދެމީހުންގެ ބަންދަށް ކްރިމިކަލް ކޯޓުން ފަސް ދުވަހުގެ ބަންދު މުއްދަތެއް ދީފައިވެއެވެ.

މި ދެމީހުންގެ ބަންދު އަމުރުގައިވެސް ފާހަގަކޮށްފައިވާގޮތުގައި ކ. ތިލަފުށީ

ފަޅުތެރޭގައި އޮތް ސްޕީޑް ލޯންޗެއް ވަގަށްނެގުމަށްފަހު، ގެއްލުންދީ، އިންޖީނު

ގިއަރެއް ވަގަށްނެގިކަމަށް ތުހުމަތު ކުރެވެއެވެ.

"މީނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފުވެފައި، އަދި ކުށް

ކުރެވުނީތީ ހިތާމަކުރާކަމަށް ބުނެފައިވޭ" ދެމީހުންގެ ބަންދު އަމުރުގައިވެސް

ފާހަގަކޮށްފައިވެއެވެ.

އެ ބަންދު އަމުރުތަކުގެ އިތުރު ބަޔާނުގައި ބުނެފައިވާގޮތުގައި ކުށަށް އިއުތިރާފުވުމުގައި

ތަޙުޤީޤު މަރުހަލާގައިވެސް ނަސޭހަތުގެ/އިއުތިރާފު އެއްބަސްވުން ހެދެން

އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް