ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯއިން ކެޕްޗަރކޮށްފައިވާ ބައެއް މަންޒަރު -
އައްޑޫ ސިޓީ ހުޅުދޫގައި ފިހާރަޔަކުން ވައްކަންކުރާ މަންޒަރު ފެންނަ
ވީޑިއޯއަކަށް ގިނަ ބައެއް ސަމާލުކަން ހުއްޓިއްޖެއެވެ.
ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގެ މަންޒަރުތައް ފެން އެ ވީޑިއޯއިން
ފެންނަނީ ޖިންސު ބުރިއަކާއި ނޫކުލައިގެ ޖެކެޓެއް ލައިގެން، މޫނު ނިވާކުރުމަށް
ކޯރިއެއް އަޅައިގެން ހުރި މީހަކު ފިހާރައެއްގެ ދޮރު ހަލާއްކުކޮށްލައިގެން ވަންނަ
މަންޒަރެވެ.
ދެން ފެންނަނީ ކޯސްޓް މަރުކާގެ ދެ ދަޅު ހިކިކިރު ވަގަށްނަގައިގެން ދާ
މަންޒަރެވެ.
މި ވައްކަމާއިމެދު ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް