ހުކުރު މިސްކިތު ހަރިންމަ ތެރޭގައި ސޮލީބު ސިފަވާ އެއްޗެއް – ފުލުހުން ގޮސް އެ ނަގައިފި !

މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ސޮލީބެއް ސިވަވާ ޒާތުގެ އެއްޗެއް ހަރުކޮށްފައި ހުއްޓާ ފުލުހުން ގޮސް އެ ނަގައިފިއެވެ. ފުލުހުން ގޮސް އެ ނަގާ މަންޒަރު، ސޯޝަލް މީޑިއާގައި ޒަމްޒަމް ފާރިޝް ހިއްސާކޮށް...

17 Oct 2025 | 09:15
ފުލުހުން އެ ނަގާ މަންޒަރު - ފޭސްބުކް ވީޑިއޯއިން ނަގާފައި -

ފުލުހުން އެ ނަގާ މަންޒަރު - ފޭސްބުކް ވީޑިއޯއިން ނަގާފައި -

މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ސޮލީބެއް ސިވަވާ ޒާތުގެ އެއްޗެއް

ހަރުކޮށްފައި ހުއްޓާ ފުލުހުން ގޮސް އެ ނަގައިފިއެވެ.

ފުލުހުން ގޮސް އެ ނަގާ މަންޒަރު، ސޯޝަލް މީޑިއާގައި ޒަމްޒަމް ފާރިޝް ހިއްސާކޮށްފައިވާ

ވީޑިއޯއަކުން ފެނެއެވެ.

އޭގެ ފޮޓޯއެއްވެސް އޭނާ ހިއްސާކޮށްފައިވާއިރު ފެންނަނީ މޮޕު ދަނޑިއެއްގައި

ސޮލީބެއް ސިފަވާނެހެން އެއްޗެއް ހަދައި އައްސާފައި ހުންނަ މަންޒަރެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ކޮމެންޓަކަށް ދުވަހުން މިހާރު ވާނީ އަހާލާފައެވެ.

އަދި ކޮމެންޓެއް ލިބިފައެއް ނުވެއެވެ. ފުލުހުންގެ ކޮމެންޓެއް ލިބުނުހާ އަވަހަކަށް

ދުވަހުގެ ކިޔުންތެރީންނަށް ހިއްސާކޮށްދޭނަމުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް