ޑީކޯވި ޒުވާނަކު، އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވި ޒުވާނަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ. އެއީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާނެކެވެ. ޞިއްޙީ އިތުރ...

17 Oct 2019 | 10:19

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވި ޒުވާނަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.

އެއީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާނެކެވެ. ޞިއްޙީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މާލެ ގެނައީ މިއަދު މެންދުރު 14:15 ހާއިރުގައެވެ.

އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 23 އަހަރުގެ ފިރިހެން މި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން މިއަދު ލަފާދެއްވުމުންނެވެ. މިހާރު މި މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް