އެމްޑަބްލިޔުއެސްސީ ގައި ހުރި ފެނާއި ނަރުދަމާގެ ތަފާތު ވަޒީފާތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ޔޫސް މިނިސްޓްރީގެ "އެކްސްޕްލޮރެޝަން ޕްރޮގުރާމް" ގެ ދަށުން އެމްޑަބްލިޔުއެސްސީ ގެ ފަރާތުން އޯޕަންޑޭ އެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިންގ ޑީރެކްޓަރު އަލްފާޟިލް އާދަމް އާޒިމެވެ. މި ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި އެކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެމްޑަބްލިޔުއެސްސީ ބުނީ މި ޕްރޮގްރާމްގެ މަޤްޞަދަކީ އެކުންފުނީގެ ފެނާއި ނަރުދަމާގެ ތަފާތު ވަޒީފާތަކާއި ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ވަޒީފާގެ މާހައުލާއި މެދު ޒުވާނުން ހޭލުންތެރިކުރުވުން ކަމަށެވެ.
މި ޕްރޮގުރާމްގެ ބައިވެރިނަން ވަނީ އެމްޑަބްލިޔުއެސްސީގެ އެކި ޑިޕާރޓްމަންޓްތަކުގެ މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި އެކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ދައްކާލާފައިވާއިރު، އެކަންކަން ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ވަނީ ދީފައިވެއެވެ. މީގެ އިތުރުން އެކުންފުނީގެ އާރުއޯ ޕްލާންޓާއި، ބޮޓްލިންގެ ފެންކްޓަރީ އަދި ވޭސްޓް ވޯޓާރ ޕަމްޕިންގ ސްޓޭޝަން ފަދަ ފެސިލިޓީތަކަށް ވެސް މިޕްރޮގްރާމުގެ ބައިވެރިން ވަނީ ޒިއާރަތްކޮށްފައެވެ.
https://twitter.com/MWSC_Official/status/1184693846858330112
ޔޫތު މިނިސްޓްރީއިން ކުރިއަށް ގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޓޫރިޒަމް، ޓްރާންސްޕޯޓް، މެޑިކަލް، ކޮންސްޓްރަކްޝަން އަދި ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާގެ މާޙައުލާއި މެދު ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް