ގައުމު ދެމި އޮތްހާ ހިނދަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިދުމަތަށް ފަނޑުކަމެއް ނާންނާނެކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އަދުރޭ ވިދާޅުވެފައިވަނީ ދިވެހި ތާރީހު ދުއް އެންމެ ހިދުމަތްތެރި ރައީސަކީ ރައީސް ޔާމީން ކަމަށެވެ.
"ޤާނޫނު ނަގަހައްޓާ ދެމެހެއްޓުމާއެކު އަމިއްލަ ވަންތަ ސިފަތަކެއް ހުރި ގައުމެއް ބިނާކުރެއްވުމަށް ދެއްވި އިސްކަން ފާހަގަކުރެވޭ" އަދުރޭ ވިދާޅުވެފައިވެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ވަދާއީ ހިތޯބު ރައްޔިތުންނަށް އިއްވާފައެވެ. އެ ހިތޯބުގައި އެމަނިކުފާނު ގައުމަށް ކޮށްދެއްވި ބައެއް ކަންކަމަށް އަލިއަޅުވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް