ގަޓު ރައީސޭ ކިޔާފަ ފިލާތީ އަންނަނީ ހިނި: މަހްލޫފް

މީހުންނަށް އަނިޔާ ދީފައި ގަޓް ރައީސް އޭ ކިޔާފައި ފިލާތީ އަންނަނީ ހިނި ކަމުގައި ގަލޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވ...

17 Oct 2018 | 10:02

މީހުންނަށް އަނިޔާ ދީފައި ގަޓް ރައީސް އޭ ކިޔާފައި ފިލާތީ އަންނަނީ ހިނި ކަމުގައި ގަލޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ފުލުހުން އަދި ކޯޓްތަކުން ރައީސް ޔާމީން ހިފަހައްޓާ ނުދޭނަމަ އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސާލިހަށް ރައީސް ޔާމީން ނުހުއްޓުވޭނެ ކަމަށެވެ.

"އެކަން ކުރެވޭނީ ރައްޔިތުންނަށް" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަހްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ދެރަވަނީ ޕީޕީއެމް މެމްބަރުން މަގުމަތި ކޮށްލާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް