ރައީސް ޔާމީން ގައުމާއި މުހާތަބު ކުރައްވާ ފަހު ހިތޯބު އިއްވުމާއެކު، އެމަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައީސް ޔާމީނަށް ވަރުގަދަ މެސެޖެއް ދެއްވައިފިވެ.
ޓްވިޓާގައި ޑރ. ޖަމީލް ރައީސް ޔާމީނަށް ވިދާޅުވެފައިވަނީ ގަޓެއް ހުރިއްޔާ މިނިވަން ތަހުގީގަކާ ކުރިމަތިލެއްވުމަށެވެ.
ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ނުދެކޭ ވަރުގެ ކޮރަޕްޝަން، މުޅި ގައުމު ގިނަ ބަޔަކަށް އަނިޔާ، ދައުލަތް ބަނގުރޫޓްކޮށް، މަޖިލީސް އަދި ކޯޓުތަކަށް އަރައިގަނެ ބޮޑެތި ޖަރީމާތައް ރައީސް ޔާމީން ހިންގެވި ކަމަށެވެ.
"ޤައުމު ދޫކުރައްވައި ތިޔަ ފުރާވަޑައިގަންނަވަން އުޅުއްވަނީ ކީއްކުރަންތޯ؟ ގަޓް ކޮށް، މިނިވަން ތަހުގީގަކާ ކުރިމަތިލައްވާ" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/MJameelAhmed/status/1052486023404384258
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ގައުމު ދޫކޮށް ފިއްލަވަން މަސައްކަތްޕުޅު ކުރައްވަމުން އަންނަކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް