ރައީސް ނަޝީދު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް ޔާމީނަށް ސިޔާސީ ގޮތުން ކަންތައްތަކެއް ފަހިވާގޮތަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ރައީސް ނަޝީދު ޑީލެއް ހެއްދެވިކަމަށް ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަ ރައީސް ނަޝީދު ދޮގު ކުރައްވައިފިއެވެ.
ރައީސް ނަޝީދު އެކަން ދޮގުކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
މިއަދު އަޑު ފެތުރުނީ ރައީސް ޔާމީން ޖަލަށް ނުލައި މިނިވަން ކަމާއެކު ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ދޭނެ ކަމަށް ސައުދީ ސަރުކާރަށް ރައީސް ނަޝީދު ޔަގީންކަން ދެއްވައިފިކަމަށެވެ. އަދި އެކަން ކުރައްވާފައިވަނީ ސިޔާސީ އެއްވެސް ލީޑަރަކާއި މަޝްވަރާ ކުރުމެއް ނެތިކަމަށް މިއަދު ސޯޝަލް މީޑިއާގައި އަޑު ފެތުރިގެން ދިޔައެވެ.
https://twitter.com/MohamedNasheed/status/1052478420750237696
"އަޅުގަނޑު ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ރާއްޖެއާއި ގުޅޭ ވާހަކަ ތަކުގައި ވިދާޅުވީ ސައުދީ އިން ގުޅުން ބާއްވަން ބޭނުންފުޅުވަނީ އެ އިރެއްގައި އޮންނަ ސަރުކާރަކާ އެކުގައި ކަމަށް" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިއެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން އާއި ގުޅޭ އެއްވެސް ވާހަކައެއް ވަލީ އަހުދު ވިދާޅުނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް