ޒައިނަބްގެ ގާތިލު ދަން ޖައްސައި މަރާލައިފި

ޕާކިސްތާނުގައި ރޭޕް ކުރުމަށްފަހު ރަހުމް ކުޑަ ގޮތަކަށް މަރާލުމަށްފަހު ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން ހަ އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލު ދަންޖައްސައި މަރާލައިފިއެވެ. އުމުރުން 25 އ...

17 Oct 2018 | 05:11

ޕާކިސްތާނުގައި ރޭޕް ކުރުމަށްފަހު ރަހުމް ކުޑަ ގޮތަކަށް މަރާލުމަށްފަހު ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން ހަ އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލު ދަންޖައްސައި މަރާލައިފިއެވެ.

އުމުރުން 25 އަހަރުގެ އިމްރާން އަލީ ދަންޖައްސާ މަރާލާފައިވަނީ ޕާކިސްތާނު ގަޑިން މިއަދު ފަތިހު 05:30ގައެވެ. އޭނާ ދަންޖައްސާފައިވަނީ ޕާކިސްތާނުގެ ލާހޯރުގެ ކޮޓް ލަކްޕަތު ޖަލުގައެވެ.

އޭނާ ދަންޖައްސާ މަރާލާފައިވާއިރު އޭނާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި އާއިލާއާއި ހަވާލުކުރާނެކަމުގައި ޕާކިސްތާނުގެ ފުލުހުން ބުނެފައިވެއެވެ.

ޒައިނަބްގެ މަރުގެ ހާދިސާ ހިނގި އިރު ޒައިނަބްގެ މަންމައާއި ބައްޕަ ތިބީ އުމްރާއަކަށް ގޮސް މައްކާގައެވެ. ޒައިނަބް ހުރީ އޭނާގެ ބޮޑުބޭބެއެއްގެ ހަވާލުގައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހު ޒައިނަބް ގެއްލުނީ ގުރުއާން ކުލާހަށް ދިޔަ ފަހުންނެވެ.

އިމްރާން، ޒައިނަބް ރަހީނުކޮށް ގެންގޮސް ރޭޕްކުރީއެވެ. އަދި ރަހުމް ކުޑަގޮތަކަށް މަރާލުމަށްފަހު ކުނި ގޮނޑަކަށް އެއްލާލީއެވެ.

ޒައިނަބް ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކުނިގޮނޑެއްގެ ތެރެއިން ފެނުނީ މި އަހަރުގެ ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ. ޒައިނަބްގެ ގާތިލު އިމްރާން އަތުލައިގެންފައިވަނީ 23 ޖަނަވަރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް