ސުޕްރީމް ކޯޓުން ދޮގު ހެކި ބަލައިނުގަތުމަކީ ނަސްރު ލިބޭނެކަމުގެ ހެއްކެތް: ޝައިޚް އިލްޔާސް

ސުޕްރީމް ކޯޓުން ދޮގު ހެކި ބަލައިނުގަތުމަކީ ނަސްރު ލިބޭނެކަމުގެ ހެއްކެތް: ޝައިޚް އިލްޔާސް ސުޕްރީމް ކޯޓުން ދޮގުހެކި ބަލައިނުގަތުމަކީ ރައްޔިތުންނަށް ނަސްރު ލިބޭނެކަމުގެ ހެއްކެއް ކަމުގައި ޝައިޚް އިލްޔާސް ...

17 Oct 2018 | 03:57

ސުޕްރީމް ކޯޓުން ދޮގު ހެކި ބަލައިނުގަތުމަކީ ނަސްރު ލިބޭނެކަމުގެ ހެއްކެތް: ޝައިޚް އިލްޔާސް

ސުޕްރީމް ކޯޓުން ދޮގުހެކި ބަލައިނުގަތުމަކީ ރައްޔިތުންނަށް ނަސްރު ލިބޭނެކަމުގެ ހެއްކެއް ކަމުގައި ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އިންޝާﷲ ރައްޔިތުންނަށް ނަސްރު ޔަގީން" ޝައިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނިސްބަތްކުރައްވާ ޝައިޚް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހަގީގަތް ގަބޫލުކުރުމަށްފަހު ނަފްސުގެ އެދުންތަކަށް ތަބާވެ ބާތިލަށް ނަސްރު ދޭން އުޅުމަކީ މާޒީގައިވެސް ހިނގާފައިވާ ކަންކަން ކަމަށެވެ.

ޝައިޚް އިލްޔާސް މި ޓްވީޓް ކުރައްވާފައިވަނީ ކީރިތި ޤުރްޢާނުގެ އާޔަތަކާއިއެކުގައެވެ. އެ އާޔަތުގެ މާނައިގާ ވަނީ، "ފަހެ އެއުރެން، އެއުރެންގެ އަމިއްލަ ނަފްސުތަކަށް ރުޖޫއަ ވެއްޖައޫއެވެ. ދެން އެއުރެން ބުނޫއެވެ. ހަމަ ކަށަވަރުން އަނިޔާވެރި ބަޔަކީ، ހަމަ ތިޔަބައިމީހުންނެވެ"

https://twitter.com/ilyaasipa/status/1052379600255311873

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް