ވަގަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
https://www.youtube.com/watch?v=3p1XIxgNE-8
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް