މަދްރަސާ ނަމުގައި ހިލޭ ތައުލީމު ފޯރުކޮށްދޭ ޕްލެޓްފޯމެއް ދުބާއީގައި ލޯންޗުކޮށްފި

ކިންޑަރގާޓަން އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް، ހިލޭ ތައުލީމް ފޯރުކޮށްދޭ ޕްލެޓްފޯމެއް ދުބާއީގައި ލޯންޗުކޮށްފިއެވެ. އެކުވެރި އަރަބި އިމާރާތުގައި، މަދްރަސާ ނަމަކަށް ކިޔާ އެ ޕްލެޓްފޯމް ލޯންޗުކޮށްދެއ...

17 Oct 2018 | 01:17

ކިންޑަރގާޓަން އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް، ހިލޭ ތައުލީމް ފޯރުކޮށްދޭ ޕްލެޓްފޯމެއް ދުބާއީގައި ލޯންޗުކޮށްފިއެވެ.

އެކުވެރި އަރަބި އިމާރާތުގައި، މަދްރަސާ ނަމަކަށް ކިޔާ އެ ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ ދުބާއީގެ ނައިބުރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ކަމުގައިވާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް އެވެ. އެ ޕްލެޓްފޯމް ލޯންޗު ކުރި އިރު އަރަބި ބަހުން ރެކޯޑްކޮށްފައިވާ 5000 އަށްވުރެ ގިނަ، ތައުލީމީ ވީޑިއޯ ހިމަނާފައިވެއެވެ.

ދުބާއީން ހާމަކޮށްފައިވާގޮތުގައި މި ޕްލެޓްފޯމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުން އަންނަ 50 މިލިޔަނަށްވުރެ ގިނަ އަރަބި ދަރިވަރުންނަށް ދުބާއީން ދޭ ހަދިޔާއެކެވެ.

އަރަބި ދުނިޔޭގެ އެންމެހާ ދަރިވަރުން މި ޕްލެޓްފޯމް ބޭނުން ކުރުމަށް އިލްތިމާސް ކުރައްވަމުން ޝައިޚް މުހައްމަދު ވިދާޅުވީ ދިރިއުޅުން އާރާސްތު ކުރެވޭނެ ހަތިޔާރަކީ ތައުލީމު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް