ސައުދީގައި ޒުވާން ކަނބަލުންތަކެއް ހޮކީ ޓީމެއް އުފައްދައި، އެ ޓީމު ކުރިއަށްގެންދިއުމުގެ ރަސްމީ ހުއްދައަށް އެދިއްޖެއެވެ.
މި ޓީމަށް ހުއްދަ ދީފިނަމަ މި ޓީމު ވެގެންދާނީ ސައުދީގައި ހުއްދަ ދިން ފުރަތަމަ އަންހެން ހޮކީ ޓީމަށެވެ.
މި ޓީމު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކޯޗް ސުލްތާން ސަލްމާ ބުނެފައިވަނީ މި ކުޅިވަރަކީ ސައުދީ ކަނބަލުންގެ މެދުގައި މަގްބޫލު ވަމުން އަންނަ ކުޅިވަރެއް ކަމަށާއި ސައުދީގައި ކަނބަލުން ބާރުވެރިކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، ޓީމަށް ހުއްދަ ލިބި ޓީމު ހިންގުމުގައި ރަސްމީ އިދާރާތަކުގެ އެއްބާރުލުން ލިބިގެންދާނެކަމުގައި ބެލެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް