އިތިއޮޕިއާގައި ސުލްހަ ގާއިމް ކުރުމަށް "ޕީސް މިނިސްޓްރީ"ގެ ނަމުގައި މިނިސްޓްރީއެއް އުފައްދައި، ކެބިނެޓުން 50 އިންސައްތަ ކަނބަލުންނަށް ދީފިއެވެ.
އެގައުމުގެ ބޮޑުވަޒީރު އަބިޔީ އަހްމަދު މި ބަދަލު ގެނެސްފައިމިވަނީ ނަސްލީ ތަފާތުކުންތައް އެގައުމުގައި ބޮޑުކަމަށްބުނެ ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.
އަބިޔީ އިއްޔެ ވަނީ އޭނާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ހަތަރު މިނިސްޓަރަކު ފިޔަވައި ދެން ތިބި ހުރިހާ މިނިސްޓަރު ބަދަލުކޮށްފައިވެއެވެ. އަދި ބައެއް މިނިސްޓްރީތައް އެއްކޮށްލާފައިވެއެވެ.
އަލަށް އުފެއްދި "ޕީސް މިނިސްޓްރީ" އާއި ބެހޭގޮތުން އަބިޔީ ވިދާޅުވެފައިވަނީ ގައުމުގައި ނެތް އެއްޗަކީ ސުލްހަ މަސަލަސްކަން ކަމަށާއި ޕީސް މިނިސްޓްރީގެ މެންޑޭޓަކީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމް ކުރުން ކަމަށެވެ. އެ މިނިސްޓްރީގެ މިނިސްޓަރުކަން ހަވާލުކޮށްފައިވަނީވެސް އަންހެން ބޭކަނބަލަކާއެވެ.
އެގައުމުގައި ނަސްލީ ބައިބައިވުން އިތުރުވެ ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ މިލިޔަނަށްވުރެ ގިނަ މީހުން އެ ގައުމު ދޫކޮށް ގޮސްފައިވެއެވެ. އެ ގައުމަކީ 100 މިލިޔަންގެ އާބާދީއެއް އޮންނަ ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް