އާންމު އިންތިހާބަށް ފުރުސަތު ދިނުމަށް، އަރްމޭނިޔާގެ ބޮޑުވަޒީރު ނިކޯލް ޕާޝިހާން އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އިސްތިއުފާ ދެއްވީ ގާނޫނު ހަދާ މަޖިލިސް އުވާލައި، އަވަސް އަދި މިނިވަން އާންމު އިންތިޚާބަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމުގައި ޕާޝިހާން ވިދާޅުވެފައިވެއެވެ.
ޕާޝިހާނަށް އެ ގައުމުގެ ބޮޑުވަޒީރުކަން ލިބުނީ، މިދިޔަ މެއި މަހު އެ ގައުމުގައި ސިޔާސީ މަސްރަހު ހަލަބޮލިވެ ހިނގި ކަންތައްތަތަކަށްފަހު ގާނޫނު ހަދާ މަޖިލީހުން އޭރު ނިންމި ނިންމުމެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެ ގައުމުގައި ސިޔާސީ މަސްރަހު ގޯސްވެގެންދިޔައީ ކޮރަޕްޝަނާއި ފަސާދަ އާންމުވުމުން ރައްޔިތުން މަގުތަކަށް ނިކުތުމުންނެވެ.
ޕާޝިހާން ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވުމަށްފަހު، ޑިސެމްބަރުގައި ބާއްވާ އާންމު އިންތިހާބުން ހޮވޭ ބޮޑުވަޒީރަކު ވެގެންދާނީ އެ ގައުމުގެ ވެރިކަން ކުރުން އެންމެ ހައްގު މީހާއަށް ކަމަށާއި އާންމު އިންތިހާބުގައި އޭނާގެ ޕާޓީއަށާއި ކޯލީޝަނަށް ކުރިއެރުން ލިބޭނެކަމުގައި ފުރިހަމަ ޔަގީންކަންވެސް އެބަ އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް