ލޯބީގައިވެސް އެއް ފުޅައް މަތިން ފުންމާލާ ބަކަރި އަނެއް ފުޅައް މަތިން ފުންމާލުމުގެ ފުރުސަތު ބޮޑު

ލޯބީގެ ގުޅުމުގައި ބައިވެރިޔާ އެއް ފަހަރު "ދޯކާ" ދީފި ނަމަ ފުލު ފުލުގައި "ދޯކާ" ދިނުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމުގައި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއަކީ އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ ދަ ...

16 Oct 2018 | 22:54

ލޯބީގެ ގުޅުމުގައި ބައިވެރިޔާ އެއް ފަހަރު "ދޯކާ" ދީފި ނަމަ ފުލު ފުލުގައި "ދޯކާ" ދިނުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ ދަ ޔުނިވާސިޓީ އޮފް ޑެންވަރ އިން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. އެ ޔުނިވާސިޓީން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ 484 މީހަކު ބައިވެރިކޮށްގެންނެވެ.

މި ދިރާސާގެ ބައިވެރިންގެ ހަޔާތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުން ބޭއްވި ބައިވެރިންނަށް "ދޯކާ" ދީފައިވާ މިންވަރާއި އަދި ދިރާސާ ކުރިއަށް ގެންދިޔައިރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާއަށް "ދޯކާ" ދީފައިވާ މިންވަރު ދިރާސާގެ ބައިވެރިން ކުރެން ހޯދާފައިވެއެވެ.

ނަތީޖާއިން ދެއްކި ގޮތުގައި ބައިވެރިންގެ ތެރެއިން 41 އިންސައްތަ މީހުން، އެމީހުންގެ މިހާރުގެ ލޯބިވެރިޔާއަށްވެސް "ދޯކާ" ދެމުން އާދެއެވެ. އަދި ކުރީގެ ލޯބީގެ ގުޅުންތަކުގެ ބޭރުން އެހެން ގުޅުންތައް ހިންގާފައިވާނަމަ "ދޯކާ" ދިނުމުގެ ތިން ފުރުސަތު ބޮޑުކަމުގައި ދައްކާފައިވެއެވެ. އެހެންކަމުން އިނގިރޭސި ހަރުބަހެއް ކަމުގައިވާ "ވަންސް އަ ޗީޓަރ، އޯލްވޭސް އަ ޗީޓަރ" މި ހަރުބަހަކީ ހަމަ ހަގީގަތުގައިވެސް ވަރުގަދަ ބަހެއް ކަމުގައި މި ދިރާސާއިން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް